މޯލްޑިވްސް މީޑިއާ ކައުންސިލުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށްހަމަޖެހިފައިވާ "ސްޓޫޑަންޓް ޖަރނަލިޒަމް ޕްރޮގްރާމް" ގެ ފުރަތަމަ ސެޝަންތައް ބާއްވައިފިއެވެ.

މި ސެޝަންތައް ބާއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރުކޮށީގެ، ޓްރެއިނިންގ ހޯލްގައެވެ. މި ޕްރޮގްރާމްގައި ސެޝަންތައް ނަގައި ދެއްވީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެތެރޭގައި މުޙައްމަދު ހަމްދޫން، މުޙާއްމަދު ނާސިހް، ޢަލީ ނިޝާން ހިމެނެއެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ކުދިންނަށް މި ދާއިރާ އިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށް މީޑިއާކައުންސިލުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޕްރޮގްރާމްގެ ބައިވެރިން ރާއްޖޭގެ ބޮޑެތި ނިއުސްރޫމްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ގޮސް މަސައްކަތް ކުރާ ގޮތް ބަލާލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ނިންމާފައެވެ.