އެމްޑީޕީގެ މިސްރާބު މިހާރުހުރީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކޯލިޝަނާއެކު އެއްބަރުން ކާމިޔާބު ކުރުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކޮއްކޮ އަދި ހުޅުމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިގޮތަށް ވިދާޅުވީ ރައީސް ސާލުހުގެ ފަރާތްތްޕުޅުން ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ރޭ ބޭއްވި ބައްދަލުވުމެއްގެ ފޯޓޯއަކާ ބެހޭގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ގާސިމް އިބްރާހީމާއެކު އެ ފޮޓޯއިން ފެންނަނީ އައްޑޫސިޓީ ހިތަދޫ އުތުރުދާއިރާގެ މަޖިލިސް މެމްބަރ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަލާއި އަލީ ނިޔާޒެވެ. އަސްލަމް ޓެގް ކުރެއްވުމަށްފަހު އެ ފޮޓޯއާ ބެހޭގޮތުންް ވަހީދު އައްސަވައިވަނީ "މާ ކުރީގެ ފޮޓޯއެއް ނެރުއްވައިގެން ތިޔައުޅުއްވަނީޔޯ؟،" މިހެންނެވެ. އެސުވާލަށް ޖަވާބު ދެއްވީ އަލީ ނިޔާޒެވެ. އޭނާ ވިދާޅުވެފައިވަނީ "ނޫން ތީ ރޭގެ ފޮޓޮއެއް. މީ ވަރަށްއުއްމީދީ ބައްދަލުވުމެއް. އިރާދަކުރެއްވިއްޔާ ކޯލިޝަން އާއިއެކު އެމް.ޑީ.ޕީ އެއްބުރުން އިންތިޚާބް ކާމިޔާބު ކުރާނެ މަގަށް މިސްރާބް މިހުރީ،"

އެއާ ވިއްދައިގެން ވަހީދު ވިދާޅުވެފައިވަނީ އެ ފޮޓޯއަކީ މި ހުކުރު ނޫން ކުރީ ހުކުރުގެ ފޮޓޯއެއް ކަމަށް ޖުމްހޫރީޕާޓީގެ ބޭޭފުޅުން ވިދާޅުވާ ކަމަށެވެ. އަލީ ނިޔާޒު ވިދާޅުވެފައިވަނީ އަދިވެސް އިތުރުފޮޓޯތައް އެބަހުރި ކަަމަށާއި މާދަމާ އޮޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ދިމާވުމުންް އިތުރު ފޮޓޯތައް ވަހީދަށް ދައްކަވާނޭ ކަމަށެވެ.