މީހެއްގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ގަތް ދެމީހަކި ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެމީހުން އެކަން ކޮށްފައިވަނީ އެމީހާގެ އިންޓަރނެޓު ބޭންކު މައުލޫމާތޫ ހޯދުމަށްފަހު ބީއެމްއެލްގެ ބޭޭންކިން އެޕްލިކޭޝަން ކިޔުއާރުކޯޑު ސްކޭން މެދުވެރިކޮށް ކަމަށެވެ.

މި ދެ މީހުންނަނީ ދެ ދިވެހީންނެވެ. އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހުން ހައްހަރު ކޮށްފައިވަަނީ ފެބުރުއަރީ 18 ވަނަ ދުވަހުއެވެ.

"އެކައުންޓުގެ މައުލޫމާތު ހޯދުމަށްފަހު އިންޓަރނެޓް ބެންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒްކުރުމަށް ފަހު އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެން ކިއު.އާރު ކޯޑް ސްކޭން މެދުވެރިކޮށް -/200000ރ (ދެލައްކަ ރުފިޔާ) އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި މި މަހު 18 ވަނަ ދުވަހު ދިވެހި ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި. އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީިހެއް،" ފުލުހުން ބުނެފައިވެއެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު އެ މީހުންގެ ބަަންދަށް ދިފައެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ މިހާރުވަނީ ބޮޑު ޝަކުވާއަކަށް ވެފައެވެ. އެހެންނަމަވެސް މިކަމާމެދު އެ ބޭންކުން އަދިއޮތީ ހަނުއެވެ.