ފަލަސްތީނުގެ ނާބުލްސްއަށް ޓެރަރިސްޓް ދައުލަތް އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކެއްގައި ފަލަސްތީނުގެ 10 މީހުން އިއްޔެ ޝަހީދު ކޮށްލައިއެވެ.

އިސްރާއީލުން ހަމަލާދީފައި ވަނީ ނާބުލްސްގެ ވެސްޓްބޭންކުގައި ފަލަސްތީނު ރައްޔިތުން ބޭއްވި ހިނގާލުމަކަށެވެ. އިސްރާއީލުގެ ސިފައިން ބަޑިން ދިން މިހަމަލާތަކުގައި 10 މީހުން ޝަހީދުވުމުގެ އިތުރުން ސަތޭކައެއްހައި މީހުން ޒަޚަމް ވެފައިވާ ކަމަށް ފަަލަސްތީނުގެ އޮފިޝަލުން ވިދާޅުވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ފުރާވަރު އުމުރުގެ ކުއްޖަކާއި އުމުރުން ދުވަސްވީ މީހަކު ހިމެނެއެވެ. އިއްޔެ ޝަހީދު ކޮށްލި 10 މީހުންނާއެކު މިއަހަރު ތެރޭގައި ނާބުލްސްއިން އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 61 އަށް އެރީއެވެ.

އިސްރާއީލުން ފަލަސްތީނަށް މިދިން އުދުވާނީ އިސްލާމީ އަރަބި ގިނަ ގައުމުތަކުން ވަނީ ކުއްވެރިކޮށްފައެވެ. މީގެ އިތުރުން އ.ދ ގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްފާއެވެ.