މިއޮތްހާ ދުވަހު ހަނގުރާމަކޮށްފައި މިއަދު މި އެއްބަސްވެވުނީ، އިޒްރޭލުގެ ސަލާމަތަށް ނުރައްކާވާ އެއްބަސްވުމަކަށް ކަމަށް އިޒްރޭލުގެ މާލީ ވަޒީރު ސްމޮރިޗް ބުނެފިއެވެ. އޭނާ ބުނަނީ މިއީ އިޒްރޭލުގެ ސަލާމަތަށް ނުރައްކާވާނެ ގެއްލުން ބޮޑު އެއްބަސްވުމެއް ކަމަށާއި އޭނާ މި އެއްބަސްވުމާ ދެކޮޅު ކަމަށެވެ.

ފުލުހުންގެ ތާކިހާ ވަޒީރު ބެންގްވީރުވެސް ވަނީ މި އެއްބަސްވުމާ ދެކޮޅު ހަދާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ނަތަންޔާހޫގެ ސަރުކާރު ބައިބައިވެ ފަޅައިގެން ދާގޮތް ފެނިގެން ދާނެއެވެ.