ދަނޑުވެރިކަމުގެ ރަގަޅު އާދަތައް ނުވަތަ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(GAP) އަކީ ކޮބައިކަމާއި، ގެޕް މުހިންމުވަނީ ކީއްވެކަމާއި އޭގެ ސަބަބުން ފައިދާ ލިބެނީ ކޮން ފަރާތްތަކަކަށްކަން މީގެ ކުރީގެ ލިޔުމުގައި ވަނީ ގެނެސްދީފައެވެ. މި ލިޔުމުގައި މި ގެނެސްދެނީ ގެޕް އާއި ގުޅޭ އިތުރު މައުލޫމާތުތަކަށެވެ.

ގެޕް ގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ ކޮބާ؟

ގެޕް ގެ އަސާސް ބިނާވެފައިވަނީ މައިގަޑު މައިގަޑު ހަތަރުކަމެއްގެ މައްޗަށެވެ. އެއީ:

1. ސާފު ފަސް ނުވަތަ ދަނޑުމަތީގެ ސާފުތާހިރުކަން

2. ސާފު ފެން ދަނޑު ހެއްދުމުގައި ބޭނުންކުރުން

3. މަސައްކަތް ކުރާ މީހުންގެ ސާފުތާހިރުކަން

4. މަސައްކަތް ކުރާ ތަނާއި ގެންގުޅޭ ތަކެތީގެ ސާފުތާހިރުކަން

ދަނޑު ހެއްދުމުގައި ބަލަންޖެހޭ ކަންތައްތައް

1. ރަނގަޅު ބިން ހިޔާރުކުރުން

2. ދަނޑު ހެއްދުމަށް ރައްކާތެރި ފެން ބޭނުންކުރުމާއި ފެން ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލްތައް ބެލެހެއްޓުން

3. ރައްކާތެރިގޮތުގައި ގަސްކާނާ އަދި ގަހަށް ޖަހާބޭސް ބޭނުންކުރުން

4. ދަނޑުގެ ސާފުތާހިރުކަން ބެލެހެއްޓުން ( ބުޅަލާއި މީދާ ފަދަ ތަކެތިން ދަނޑު ރައްކާތެރިކުރުން)

5. ދަނޑުގައި މަސައްކަތް ކުރާއިރު އެކަށީގެންވާ ރައްކާތެރި ހެދުމެއް އެޅުން އަދި މަސައްކަތް ނިމުމަށްފަހު ހެދުން ދޮވެ، ފެންވަރާސާފު ތާހިރުވުން

6. މަސައްކަތްކުރާ ފަރާތްތައް ބޭނުންކުރާ ތަންތަނާއި، އާލާތްތައް ސާފުކޮށް ބެލެހެއްޓުން

ދަނޑުގައި ހައްދާ ތަކެތި ކެނޑުމުގައި ބަލަންޖެހޭ ކަންތައްތައް

· ދަނޑަށް ބޭސް ޖެހުމަށްފަހު ދުވަސް ހަމަކުރުމަށްފަހު ނޫނީ ތަކެތި ނުކެޑުން

· މޭވާ އާއި ތަރުކާރީ ހާވެސްޓް ކުރުމަށް ބޭނުންކުރާ އަދި ރައްކާކުރުމަށް ބޭނުންކުރާ ތަކެއްޗަކީ ސާފުތާހިރު ތަކެތިކަން ޔަޤީން ކުރުން.

· މަސައްކަތްކުރާ ފަރާތްތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި އެފަރާތްތައް ތަމްރީން ކުރުން

· ރައްކާކުރާ ގުދަނުގެ ސާފުތާހިރުކަން ބެލެހެއްޓުން

ކެނޑުމަށްފަހު ބަލަންޖެހޭ ކަންތައްތައް

· މަސައްކަތްކުރާ ފަރާތްތަކުގެ ސާފުތާހިރުކަން

· ކަނޑާތަކެތި ދޮންނަން ބޭނުންކުރާ ފެނުގެ ސާފުތާހިރުކަން

· ބަންދުކުރާ ތަނާއި ބަންދުކުރާތަކެތީގެ ސާފުތާހިރުކަން

· ބަންދުކޮށްފައިވާ ތަކެތި ދަތުރުމަތީގައި އަދި ބާޒާރުގައި ސާފުތާހިރު ތަނެއްގައި އެކަށީގެންވާ ފިނިހޫނުމިނެއްގައި ރައްކާކުރުން

https://sarukaaru.gov.mv/articles/6670