ގއ ވިލިނގިލީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ޝަހާ އަބްދުއްރަޝީދު އެހޮސްޕިޓަލާ ބެހޭގޮތުން ކުރަމުންދާ ޝަކުވާތައް އަދިވެސް ހުއްޓުމެއް ނެތެވެ. ދެދުވަސް ކުރިއްސުރެ މާލެ ފުރޭތޯ ކުރި އާދޭސްތަކަށް ދެވެމުން ދިޔަ ތާކުންތާކު ނުޖެހޭ ޖަވާބުތަކަށް އަދި ކިރިޔާ ހައްލެއް ލިބޭ ގޮތްވިއެއް ކަމަކު މިފަދަ ދެވަނަ ހާދިސާއަކަށް ފުރުސަތު ނުދިނުމަށްޓަކައި މިވާހަކަ އެންމެންގެ ސަމާލުކަމަށް ގެންނަން އޭނާ ބޭނުންވެއެވެ.
ތިންކުދިންނާއެކު، ހެދިކާ ހަދައިގެން ވިއްކައިގެން ލިބޭ ކުޑަ ލާރިކޮޅަކުން ކިރިޔާ ފުދިނުފުދި، ދިރިއުޅެމުން ދިޔަ 29 އަަހަރުގެ ޝާހާގެ ދެވަނަ ދަރިފުޅަށް އަނިޔާވެ އޭނާގެ ފައިބިނދި، ވޭންއަޅަމުން ދާ ފަޔަކާއެކުގައި އެއޮތީ ނާޒުކު ހާލެއްގައި އެނދުމަތިކުރެވިފައެވެ. ދެދުވަސް ކުރިން މަގުމަތީގައި ދުއްވާފައި ދިޔަ ބަގީއަކުން ދަރިފުޅު ގޮވައިގެން ދުއްވާފައި ދިޔަ ޝާހާގެ ސައިކަލުގައި ޖެހި ވެއްޓިފައި ދަރިފުޅަށް ލިބުނު އަނިޔާއާއި އޭނާގެ ފަޔަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ގޮސްފައިވަނީ ގއ ވިލިނގިލީ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ކުޑަކުޑަ 4 އަހަރުގެ ދަރިފުޅަށް އެކަށީގެންވާ ފަރުވާ ނުދީ "އެއްވެސް މައްސަލައެއް ނެތް" ކަމަށް ބުނެ ގެއަަށް ފޮނުވާލާފައިވާ ކަމަށާއި އޭނާގެ ބިނދިފައިވާ ފަޔަށްވެސް އެކަށީގެންވާ ފަރުވާއެއް ނުދެވި މާބޮޑަށްވެސް ލަސްވެފައި ވާ ކަމަށް ޝަހާ ވަނީ ސޯޝަލްމީޑިޔާގައިވެސް ހިއްސާކޮށްފައެވެ. އެކްސިޑެންޓުގައި ދަރިފުޅުގެ އަނގަމަތި ފަޅައިގެން ދަތްތަކަށް އަނިޔާވެ ޝަހާގެ ފައިވަނީ ބިންދައިގެން ގޮސްފައެެވެ. ހޮސްޕިޓަލުން ޕްލާސްޓާ އެޅުނީވެސް އެތައް ގަޑިއިރެއްވީ ފަހުން ކަމަށް ޝަހާ ވަނީ ބުނެފައެވެ.
ފޭސްބުކްގައި ޝާހާގެ ފަރާތުން މިވާހަަކަ ހިއްސާކޮށްފައިވާ ފަރާތުގެ ޕޯސްޓުގައި ފާހަގަ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި:ގއ ވިލިނގިލީ ހޮސްޕިޓަލުގައި
އޯތޯ އޮޮޕަރޭޝަން ޑޮކްޓަރެއް ނެތުން
ފްލައިޓުން ޖާގަ ނުލިބުން
އާސަންދައިގެ ގަވާއިދުގައި އޮންނަ ކަންތައްތަކަށް ބަލާނަލަ މިއީ އިމަޖެންސީ ކޭސްއަކަށް ނުވި
މިވަގުތު ގއ ވިލިނގިލީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮތް ޝަހާއަށް "ހަލި" ނޫޙުން ޝަހާ އަށް ގުޅާލުމުން ޝަހާ ކިޔައިިން ގޮތުގައި ކިތަންމެ ބޮޑުވެފައި މޮޅުކޮށް ހަދާފައި ހުއްޓަސް ގއ ވިލިނގިލީ ހޮސްޕިޓަލުގައި ހިދުމަތް ދިނުމުގެ އެއްވެސް ފެންވަރެއް ނެތެވެ. އެތަނުގެ ހާލަތު ސިއްހީ މަރުކަޒަކަށްވުރެންވެސް ދަށެވެ. ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް އައިއިރު، އެ އެކްސިޑެންޓުގައި އޭނާގެ ފައި ބިނދި ދަރިފުޅަށްވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ޝަހާ މާލެ ފޮނުވޭނެ އެއްވެސް މަގެއް މިވީ ދެދުވަސްތެރޭގައި އެމީހުންނަކަށް ނުފެނުނެވެ.
ވިލިނގިލީ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން ދާން އެންގީ ތިނަދޫއަށް ކަމުގައި ވިޔަސް ކަނޑުދަތުރު ކުރުމުގައި ދަތިތަކެއް ހުރުމުން ދެވޭ ގޮތެއް ނުވިކަމަށް ޝަހާ ވަނީ ބުނެފައެވެ. އަދި ދިޔަކަމުގައި ވިޔަސް ތިނަދޫ ހޮސްޕިޓަލުގެވެސް ހާލަކީ ހަމަ މި ހޮސްޕިޓަލުގެވެސް ހާލުކަމާއި އެތަނުގައިވެސް އޮޕަރޭޝަން ސާމާނު ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިއަތޮޅުގެ ހޮސްޕިޓަލުތަކުގައި ފަރުވާ ދެވޭނެ އެކަށީގެންވާ ނިޒާނެއް ގާއިމު ކުރެވިފައެއް ނެތް ކަމަށެވެ.
ވިލިނގިލީ ހޮސްޕިޓަލުން އޭނާއަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއް ނެތުމުން މާލެ ދެވޭތޯ ކުރި މަސައްކަތުން ވޭތުވި ދެދުވަސްތެރޭގައި ލިބިފައިވަނީ މުޅިންވެސް އެއްކަހަލަ ޖަވާބުތައްކަމަށް ޝަހާ ބުންޏެވެ. ރަށުގައި އެއާޕޯޓެއް އޮތުމުގެ ބޭނުމެއް ނެތްކަމަށާއި ފްލައިޓުން ޖާގަ ނުލިބުން ނުވަތަ މޯލްޑިވިއަންގެ ފަހުން ގެނައި ފްލައިޓަށް ސްޓްރެޗަރ އެރުވެން ނެތުމުން މާލެ ފޮނުވާނުލެވި އޭނާއަށް އެވަނީ ހޮސްޕިޓަލުގެ އެނދެއްގައި އޮންނަން ޖެހިފައެވެެ. މިހާރު ކޮންމެވެސް ކުޑަ ފްލައިޓަކުން ޖާގަ ލިބި ހަވީރު މާލެ ފޮނުވާލުމަށް ބުނެފައިވާކަމަށް ޝަހާ ވަނީ ކިޔައިދީފައެެވެ.
މިވާހަކަ ތަކާ ގުޅިގެން ވިލިނގިލީ ހޮސްޕިޓަލުގެ ބަހެއް ލިބޭތޯ "ހަލި" ނޫހުން ކުރި މަސައްކަތުން ހޮސްޕިޓަލާ އެތައް އިރެއް ފަހުން ގުޅޭ ގޮތްވުމުން މިކަމާ ބެހޭ ގޮތުން ކޮށްލި ސުވާލަށް ލިބުނު ޖަވާބަކީ "އަޅުގަނޑުމެނަށް އެއްވެސް މައުލޫމާތެއް ކުރެވޭކަށް ނޯންނާނެ އިނގޭތޯ!" ހަމައެކަނި މިހެންނެވެ.
ރަށްރަށުގައި ކޮންމެ މީހަކު ބަލިވީމާ މާލެ ގެނެސްދޭން ޖެހެނީ ސަރުކާރުންބާ؟
މިހެން ރާއްޖެތެރޭގެ ހުރިހާ ހޮސްޕިޓަލެއްގެ ހާލުވެސް ހުރީ.މިއީ އަހަރެމެންނަށް ލިބޭ ދެރައެއް.ހޮސްޕިޓަލުތައް ބޮޑު ކުރެވޭކަން އެކަނި.ކުޑަމިނުން އަގައިގެ ދަޅެއްވެސް އުފުރައެއް ނުލެވޭ.މާލެ ގޮސް ނަގާށޭ ބުނަނީ.މި ތަންތަން މީ މީހުން ހިތްދަތި ކުރަން ހުންނަ ތަންތަން