ގދ ފިޔޯރީ ސްކޫލުގެ 8 ވަނަ އިންޓަރހައުސް މަދަހަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި މަދަހަ މުބާރާތް ކުރިއަށް ގެންދިއުމަށް ގދ ފިޔޯރީ ކައުންސިލުން ވަނީ މާލީ އެހީތެރިކަން ފޯރު ކޮށްދެއްވާފަ އެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި އަދި މުޅި މުބާރާތުގެވެސް ޝަރަފްވެރި މެހުމާނާ ކައުންސިލް އަންހެން މެންބަރ ފަސީލާ ރަޝީދެވެ. މުބާރާތުގެ އެކި ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނުމާއި ހަނދާނީ ލިޔުންދީ މުބާރާތަކީ ކާމިޔާބު އަދިވެސް ދެންވެސް ކުރިއަށް ގެންދަން އެކަށީގެންވާ ފަދަ މުބާރާތަކަށް ވާނޭފަދައިން އެ ސްކޫލުން ވަނީ އިންތިޒާމު ހަމަޖައްސައި އެކަންތައްތައް ވަރަށްވެސް ފުރިހަމައަށް ކުރިއަށް ގެންދަވާފައެވެ.

މި މުބާރާތް މިފަހަރު ހިންގީ ފިޔޯރީ ޔޫތުސެންޓަރ ހިންގާ އިމާރާތުގެ ހޯލުގައެވެ. ގދ ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު "ހަލި" ނޫހަށް މިމުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައި މުބާރާތް ޔޫތު ސެންޓަރުގައި ކުރިއަށް ގެންދަން ޖެހުނީ ޖެނުއަރީ މަހު ސްކޫލްގައި ހިނގާ ދިޔަ އަލިފާނުގެ ހިތާމަވެރި ހަދިސާގެ ސަބަބުން އެ އިމާރާތް އެކީ އަދާ ހުލިވެފައިވާތީކަމަށެވެ.

އަލިފާނުގެ މި ހިނގައިދިޔަ ހާދިސާގެ ސަބަބުން ސުކޫލުގައި، އެއްދަންފަޅިއަށް ކިޔަވައިދިނުން ހުއްޓި ދެދަންފަޅިއަށް ބަދަލު ކުރަން ވަނީ މަޖުބޫރުވެފައި ކަމަށްވެސް ކައުންސިލް ރައީސް ވަނީ ވިދާޅުވެފަވެ. އަދި އެހެނިހެން ހަރަކާތް ހިންގަން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިކަމަށްވެސް ފައިޒަރު ވިދާޅުވިއެވެ. އަލިފާނުގެ ހަދިސާ އާ ގުޅިގެން ސަރުކާރުން އަދި އެއްވެސް ޚަބަރެއް މިކަމުގައި ނުވާކަމަށް ވެސް ފައިޒަރު ވަނީ ވިދާޅުވެފައެވެ.