ފަހަކަށް އައިސް އެތައް ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާ ކަމުގައި ވެފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައިވާ ފައިސާ މީހުންނަށް ނޭނގި ގެއްލޭކަމަށް ތުހުމަތު ކުރުމާ ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެމަޖިލީހުން ބަލައިގެންފި އެވެ.

ސޯޝަލް މީޑިއާގައި ދިވެހިން ބޭނުން ކުރާ އެކި އެޕް ތަކުން މިކަމާ ގުޅިގެން ތަފާތު ގޮތްގޮތަށް ކަންބޮޑުވުން ފާހަގަ ކޮށް، އެންމެން އެއް އަޑަކުން ގްރޫޕުތަކުގައި އަޑު އުފުލަމުން ދާ މިފަދަ ދަނޑިވަޅެއްގައި މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ.

މަޖިލީހަށް ހުށަހެޅުނު މިމައްސަލައިގައި ބައެއް އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާއަށް ވާއެއް ނުވާއެެއް ނޭނގި ގެއްލެމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި މިއީ އަމިއްލަ ޒާތީ މައުލޫމާތު ނުވަތަ ފޯނުންނާއި ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

33 މެމްބަރުން މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވާއިރު މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވީ ދެމެންބަރުންނެވެ.

ބީއެމްއެލް އެކައުންޓުތަކުން ވާއެއް ނުވާއެއް ނޭނގި ފައިސާ ގެއްލެމުން ދާކަމަށް އާންމުން ދަނީ ތަފާތު ގޮތްތަކަށް ހަޅުތާލު ހަދަމުންނެވެ. އެގޮތުން "ބީއެމްއެލް ވިކްޓިމްސް" ގެ ނަމުގައި ދިވެހިންގެ ތެރެއިން ޒުވާނުންކޮޅެއް އިސްނަގައިގެން ހިންގަމުން ގެންދާ ވައިބާ ގްރޫޕުފައި ގުރޫޕު ހުޅުވާލުމާއެކު 24 ގަޑިއިރު ތެރޭގައި ފަސްހާހުން މީހުން ވަދެ މިހާރު 6،500 އާ ގާތް ކުރާ ވަރަށް މީހުން އެބަތިއްބެވެ. އަދި މި ގްރޫޕުގައި ވަރަށް ސާފުކޮށް ކަން ހިނގާ ގޮތް އެކަކު އަނެކަކަށް އެމީހުން ދަނީ ހިއްސާކޮށް ވަކި ގޮތެއް ފެނޭތޯ މަޝްވަރާކުރަމުންނެވެ.