ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހުޅުމާލޭގެ 17 ބިމެއް ގަނެފިއެވެ. ސަރުކާރުން ހުޅުމާލޭގެ 17 ބިމެއް ގަނެފައި މިވަނީ ހުޅުމާލެ ފޭސް 2 އިންނެވެ.

ހުޅުމާލޭގެ މިލްކުވެރިކަން އޮންނަނީ އެޗްޑީސީ އަށް ކަމަށްވާތީ ސަރުކާރުން މި 17 ބިން ގަނެފައި ވަނީ އެޗްޑީސީގެ އަތުންނެވެ. މީގެ ކުރިންވެސް ދައުލަތުގެ ބޭނުންތަކަށް އެ ކުންފުނީގެ އަތުން ސަރުކާރުން ވަނީ ބިން ގަނެފައެވެ.ސަރުކާރުން ގަނެފައި ވާ 17 ބިމަކީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދުގެ 17 ބިމެކެވެ. މި ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައި ވާތީ، އެ މުއާމަލާތް ސައްހަ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި ސަރުކާރަށް އެބިންތަކުގެ މިލްކުވެރިކަން ލިބިފައިވާކަމަށްވެސް ކޯޓުން މި ހަފުތާގައި ވަނީ ހުކުމްކޮށްފައެވެ.ހުޅުމާލެ 2 އިން 17 ބިމެއް ސަރުކާރުން ގަތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުންނެވެ. ހުޅުމާލޭ ބިމުގެ މިލްކުވެރިކަން އޮންނަނީ އެޗްޑީސީ އަށް ކަމަށް ވާތީ މީގެ ކުރިން ވެސް ދައުލަތުގެ ބޭނުންތަކަށް އެ ކުންފުނީގެ އަތުން ސަރުކާރުން ބިން ގަނެފައިވެ އެވެ.

މި ފަހަރު ދައުލަތުން ގަތީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދު 17 ބިމެކެވެ. އެ ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާތީ އެ މުއާމަލާތް ސައްހަ ކަމަށް ނިންމައި، އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ކޯޓުން މި ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.

ޑިޕްލޮމެޓިކް ބޭނުންތަކަށް މީގެ ކުރިން ބިލިއަނެއްހާ ރުފިޔާ އަށް ސަރުކާރުން ހުޅުމާލެއިން ވަނީ ބިން ގަނެފައެވެ