އެމްޑީޕީގެ ޑިމޮކްރަސީގެ ދަތުރުގައި އަންހެނުންވީ ގުރުބާނީއަކީ ރަންއަކުރުން ލިޔެވިގެންދާނޭ ހަގީގަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ފައްޔާޒު ވަނީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ އަންހެނުންނަށް ފޮނުއްވާ ކަމަށް ވިދާޅުވެފައެވެ.

"އެމް.ޑީ.ޕީ ގެ ޑިމޮކްރަސީގެ ދަތުރުގައި އަންހެނުން ކުރި ހިއްވަރާއި ވީ ގުރުބާނީތަކަކީ މި ޕާޓީގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ހަގީގަތެއް،" އޭނާ ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ އޭނާ އުންމީދު ކުރައްވަނީ ކުރިއަށްއޮތް ތަނުގައި ވެސް އަންހެނުންނަށްއިތުރު ކުރިއެރުން ލިބުން ކަމަށެވެ.