ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެެވެ. ފުލުހުން ވިދާޅުވިީ މިއީ އެކި މައްސަަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިގައި ހިމެނޭ ބަނގުރާކަމަށެވެ.

އެގޮތުން އިއްޔެ ނައްތައިލާފައިވަނީ 197 ފުޅި ބަނގުރާ އަދި 91 ދަޅު ބިޔަރެވެ. އަދި މިތަކެއްޗަކީ މިދިޔަ އަހަރު ޑިސެމްބަރުމަހުގެ 1 އިން މިއަހަރުގެ މާރިޗު 1 އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.