ބްރިިޖު ލައިޓުކައިރީގަައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިިފިއެވެ. މިއީ ޕޮލިސް ކާރަކާއި އާންމުންގެ މީހަކުު ދުއްވި ސައުކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:49 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީވިދާޅުވެފައެވެ. އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުންް ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެކްސިޑެންޓަށްފަހު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.