ފަރެސްމާތޮޑާގައި އެއާޕޯޓެއް ހުޅުވިގެން ދިއުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނީ ހަަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފަރެސްމާތޮޑާގައި ތަރައްގީކުރި އެއާާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ފަސޭހަކަމުގެ އިތުރުން އިގްތިސާދީ އެތައް މަންފާއެއް އެ އެއާޕޯޓުގެ ސަަބަބުން އެސަރަހައްދުގެ ރަށްރަށުގެ ރައްޔިތުުންނަށް ލިބިގެންދާނޭ ކަމަށެވެ. އޭގެ އިތުރުން އެ ރަށްތަކަށް އިޖްތިމާޢީ ހަމަޖެހުން ވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ. "މިހާރުވެސް މި ރަށުގެ ޒުވާނުން އެއަރޕޯޓްގައި އަދާކުރާ ވަޒީފާތަކާއެކު، އިގްތިސާދީ އެތައް މަންފާއެއް އަންނަނީ ލިބެމުން. މި ވައިގެ ބަނދަރާއި މިތަނާ އެކުގައި ދެން ގާއިމުކުރި އެހެން ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެދިޔައީ، ކުރިން ނެތް އެތައް ވަޒީފާއެއް،" ރައީސް ވިދާޅުވިއެވެ.

"މި އުންމީދު ހާސިލުވުމާއެކު، ކުރިއަށް އޮތީ އަދި މާ ފަހި ދުވަސްތަކެއް. މި ރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ. މި ރަށުގައި އެންމެ އަވަހަށް ދެން ފުޅާވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ޓެކްސީގެ ޚިދުމަތް. ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރިއާއި، އެނޫން ވިޔަފާރިތަކަށްވެސް މި ހުޅުވުނީ ވަރަށް ތަނަވަސް ދޮރެއް. މިހިރީ މި ވައިގެ ބަނދަރުގެ ސަބަބުން، ނުސީދާ ގޮތެއްގައި އުފެދޭ އިގްތިސާދީ ހަރަކާތްތަކާއި، އިތުރު ވަޒީފާތަކާއި، އާމްދަނީ ހޯދޭނެ އިތުރު މަގުތައް،"
ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ފަރެސްމާތޮޑާއެއާޕޯޓަށް އާދެވެނީ 1 ގަޑިއިރާއި 15 މިނިޓުންނެެވެ. އެހެންވީމާ "ދެން އޮތީ މި ސަރަޙައްދުގެ ރައްޔިތުންގެ ހިތްވަރާއި ޒުވާނުންގެ ފަންވަރު. ގެސްޓްހައުސް ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި، މި ސަރަޙައްދުގެ ރަށްތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ، މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައޭ. ލަސްނުކުރައްވާށޭ، އަވަހަށް ފަށްޓަވާށޭ،' ރައީސް ވިދާޅުވިއެވެ.