ދ. ބަނޑިދޫގައި ރަށާ ގުޅިގެން ކިޔައި އުޅޭ އެއް ފޯކްލޯއަކީ އެ ރަށުގައި ކޮންމެ ވެސް ޒިކުރު މާލޫދަކަށް ކެއްކި ބޮނޑިބަތް ތެއްޔެއް ގައުވި ވާހަކައެވެ.
އެ ފޯކްލޯގައި ބުނާ ގޮތުން، އެއް ފަހަރަކު އެ ރަށުގައި ޒިކުރު މާލޫދަށް ބޮނޑިބަތް ތެއްޔެއް ކައްކައިގެން އެ ރަށުގެ ހުކުރު މިސްކިތްދޮށަށް ގެންދިޔައެވެ. ދެން އެންމެން ވެސް ނަމާދުކޮށް ކިޔަވާފައި އައިސް ކެއުމަށް މިސްކިތަށް އެރިއެވެ. އެކަމަކު އެ ތަނުން އެކަކަށް އެ ބޮނޑިބަތް އެތި ކާހިތުން ނަމާދަށް ވެސް ނުހުރެވުނެވެ. އެންމެފަހުން ނަމާދު ދޫކޮށްފައި އައިސް ބޮނޑިބަތް އެއްޗާ ކައިރިވެލިއެވެ. ނަމަވެސް ބޮނޑިބަތް ނަގަން ތެއްޔަށް އަތްލީ ތަނާ އެ ބޮނޑި ބަތްއެތި ގައުވީ ކަމަށް ވެއެވެ.
ފޮޓޯތަކުން އެ ފެންނަނީ އެ ބޮނޑިބަތް އެތިކަމަށް ކިޔައި އުޅެއެވެ. ތުކި ބޮނޑިބަތްއެތި ގައުވެފައި ކަމަށް ކިޔައި އުޅޭ ގަލެވެ. އޭގައި އެއް ހަމައެއްގައި އެ ފެންނަ ތިން ވަޅުގަނޑަކީ އެ މީހާ ބޮނޑިބަތްއެތީގައި އަތް ލި ފާހަގަ ކަމަށްވެސް ކިޔަތެވެ. އެ މީހާގެ އިނގިލީގެ ލިސާނެވެ.