ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގާ ކުރިއަށް ގެންދިޔުމުގައި، އެމް.ޓީ.ސީ.ސީ.ގެ ލީޑަރޝިޕާއި، އެކުންފުނީގެ މުޅި ޓީމުން ކުރަމުން ގެންދަނީ ރައްޔިތުން ބަލައިގަންނަ އިތުބާރުހުރި ފުރިހަމަ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކުންފުނީގެ އެ މަސައްކަތަށްޓަކައި ރައީސް ވަނީ އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމަށާއި، ޓީމް އެމް.ޓީ.ސީ.ސީ. އަށް ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ ވެސް އެމްޓީސީސިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމަށްޓަކައި ވެސް ރައީސް ވަނީ އެ ކުންފުނީގެ އެމް.ޑީ.އަށާއި، ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފެނަކައިންވަނީ އެއާޕޯޓުގައި މުޅިން އަލަށް އިންޖީނުގެއެއް އަޅައި އެތަނުން އެއާޕޯޓަށާއި މުޅިރަށަށް ކަރަންޓުދޭން ފަށައިފައެވެ.