ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރެއިނިންގ (އޮސްޓް) ރިފްރެޝަރ ޕްރޮގްރާމް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ މިމަހު 13 އިން 16 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުން ގާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލުކުރާނެ އާންމު އުސޫލުތަކާއި މީހަކު ނުކިޔަމަންތެރިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ފަރިތަކުރުންތަކުގެ އިތުރުން ފުލުހުންގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް މައުލޫމާތުދިނުމުގެ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.