އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހިތަދޫގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނަކީ ރަމަޟާންމަހާ ދިމާކޮށް ހިތަދޫގައި ކުށްމަދުކުރުމަށް ކުރިއަށްދާ އޮޕަރޭޝަނެކެވެ.
އަދި މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމާއި ރަށުތެރެ ޕެޓްރޯލުކުރުން ވަނީ އިތުރުކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.