ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަމުން ދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ މީހެކެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ ޝޮހެދް އުއްލާ (33އ) ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792039 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް އެފަރާތުން އެދިވަޑައިގަންފައިވެއެވެ.