މާލޭގެ ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ އަތްނުފޯރާ ހިސާބަށް ދިއުމުން އެސްޓީއޯއިން ރާއްޖެއަށް ކާށިގެންނަން ނިންމައި އޯޑަރުދީފިއެވެ.

އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެސްޓީއޯއިން ގެންނަ ކާށި ޝިޕްމަންޓް މިމަހު 27 ވަނަ ދުވަހު ރާއްޖެ އަންނާނޭ ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ކާށިމަދުވެ އަގުބޮޑުވި ގޮތަށް އަގުދަށަށް ގޮސްފައެއް ނުވެއެވެ. އަމްރު ވިދާޅުވެފައިވަނީ މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން އެސްޓީއޯއިން ކުރައްވަމުން ގެންދަވާ ކަމަށެވެ. ބާޒާރުގައި ލުނބޯ އަގުބޮޑުވުމުން އެސްޓީއޯއިންް ވަނީ ލުނބޯ އެތެރެކޮށް ހެޔޮއަގުގައި ވިއްކަން ފަށައިފައެވެ.