ރާނބާ ޕުޑިން

ބޭނުންވާ ތަކެތި

  • 200 ގ. ކޯންފްލަރ
  • 1500 އެމް.އެލް ދިޔާކިރު
  • 350 ގ. ހަކުރު
  • 6 ރާނބާފަތް

ތައްޔާރު ކުރާނެ ގޮތް

ރާނބާފަތް ކޮށާލުމަށްފަހު މިކްސަރަށް އަޅާފައި ފެންފޮދެއް އެއްކޮށްގެން ރަނގަޅަށް ގިރާލާފައި ފުރާނާލާށެވެ.

ކިރާއި ހަކުރު އެއްކޮށް ތެއްޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. ހަކުރު ވިރެންދެން މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކައްކާށެވެ. ކޯންފްލަރ ކޮޅު ވަރަށް އޮލަކޮށް ކުޑަފެންފޮދެއްގައި ރަނގަޅަށް ގިރާފައި، މަދުމަދުން އަޅަމުން ދޭފަތުން އަވަސް އަވަހަށް އެއްކުރަމުން ކައްކާލާށެވެ. ރޯފިލުމުން އުނދުންމަތިން ބާލާށެވެ.

މިޕުޑިން ވެސް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެއެވެ.

(ރެސިޕީ ތައްޔާރުކޮށްދެއްވީ ޖުވޭރިޔާ ވަޖުދީ އެވެ.)