ރޯޒް ގެޓޯ

  • 500 ގ .ފުށް
  • 400 ގ. ކޯންފްލަރ
  • 38 ބިސް
  • 1 ކިލޯ ހަކުރު
  • 28 އެމް .އެމް އެލް ވެނީލާ އެސެންސް
  • ޕިންކް ކުލަކޮޅެއް، ލޭޔަރ ފިލް ކުރަން ރޯޒް ޕިއުރީ ވިޕިިން ކްރީމް

ތައްޔާރު ކުރާނެ ގޮތް

ހަކުރާއި ބިސް އެއްކޮށް އޮމާން ވަންދެން ރަނގަޅަށް ގިރާލާށެވެ. އެސެންސް އެއްކޮށްފައި ކުލަކޮޅެއް ވެސް އެއްކޮށްލާށެވެ. ދެވައްތަރުގެ ފުށް އެއްކޮށް މިކްސް ކޮށްފައި ފުރާނާލާށެވެ.

ގިރާފައި ހުރި ބައިގެ ތެރެއަށް ފުށް އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ބޭކިންގ ޓްރޭގައި ބޭކިންގ ޝީޓް އަޅާފައި ފުށްގަނޑު ތުނިކޮށް ފަތުރާލާށެވެ.

އަވަންގެ ހޫނުމިން 180 ޑިގްރީގައި 10 މިނިޓް ފިހެލާށެވެ. ކޭކް ފިހެވުމުން ނަގާފައި ކޭކް ހިހޫވުމުން 3 ލޭޔަރަށް ބައި ކޮށްލާށެވެ.ވިޕން ކްރީމް ވިޕް ކޮށްފައި ޕިއުރީ އެއާއި އެއްކޮށް ކުޑަކޮށް މިކްސް ކޮށްލާށެވެ.

ކޮންމެ ލޭޔަރެއްގެ މަތީގައި ކްރީމް ކޮޅެއް ފަތުރާލާށެވެ އެންމެ މަތީގައި ވެސް ކްރީމް ފަތުރާފައި ޕިއުރީ ކޮޅެއް ހާކާފައި ޗޮކޮލެޓް ކޮޅަކުން ގާރނިޝް ކޮށްލާށެވެ. ( ބޭނުމިއްޔާ )