ބޭނުންވާ ތަކެތި

  • 2 ލުނބޯ
  • 1 ލުނބޯ އޮށްނަގާ ކިއުބް ކޮށް ކޮށާފައި
  • 1 ޖޯޑު ސޮޑާ ވޯޓަރ
  • 5 އައިސް ކިއުބް
  • 2 މޭޒުމަތީ ސަމުސާ ޝުގަރ ސިރަޕް
  • 25 އެމް .އެލް މިންޓް ސިރަޕް

ތައްޔާރު ކުރާނެ ގޮތް

ނުކޮށާހުރި ލުނބޯ ތޮށިމަށާ އޮށްނަގާ ކޮށާލާށެވެ. ބްލެންޑަރ އަށް އަޅާފައި ބްލެންޑަރ ކިރިޔާ އަނބުރާ ލެވޭ ވަރުގެ ކުޑަ ފެންފޮދެއް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ބިއްލޫރި ތަށްޓަކަށް ކިއުބްކޮށް ކޮށާފައި ހުރި ލުނބޯ ކޮޅު އަޅާލާށެވެ. ސަމުސަލުން ލުނބޯ ކޮޅު ތައް ފިއްތަމުން ހުތް ނިކުންނަ ވަރަށް ޗަސްކޮށްލާށެވެ. ގިރާފައި ހުރި ލުނބޯ ޖޫސް އެއްކޮށް ލާށެވެ. އައިސް ކިއުބް ފުނޑުކޮށްފައި އަޅާލާށެވެ. ސޮޑާ ވޯޓަރ ތަށްޓަށް އަޅާފައި ޝުގަރ ސިރަޕް ވެސް އެއްކޮށްލާށެވެ. މައްޗަށް މިންޓް ސިރަޕް އަޅާލާށެވެ.