ބޭނުންވާ ތަކެތި

  • 10 ޖޯޑު ގާނާފައި ރޯމާޅޮސްކެޔޮ
  • 6 މޭޭޒުމަތީ ސަމުސާ ކޯން ފްލަރ
  • 2 ދަޅު ގެރިކިރު
  • 2 ޖޯޑު ޅަ ގަބުޅި ހުނި ހިމުންކޮށްފުނޑާލާފައި ހުރި
  • 2 ޖޯޑު ނެސްލޭ ކްރީމް
  • 1 ޖޯޑު ހަކުރު
  • 2 ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ފެން ފޮދެއް އަޅާފައި ކައްކަން އުދާލާށެވެ. ކެޔޮ އެއްކޮށްލާށެވެ. ރޯފިލާވަރަށް ކައްކާލާށެވެ. ކެޔޮކޮޅު ރޯފިލުމުން ފެންފޮދެއް ހުރިއްޔާ ހަލަންޏަށް އޮއްސާލާށެވެ. ކޯންފްލަރކޮޅު ގިރާފައި އެއްކޮށްލާށެވެ. ހުނިކޮޅު ވެސް އެއްކޮށްލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ރޯފިލައި ރަނގަޅަށް ރަހަ ހެޔޮވަރުވަންދެން ކައްކާލާށެވެ. އެންމެ ފަހުގެ ކަމަކަށް ހަކުރުކޮޅު ވެސް އެއްކޮށްލާށެވެ.

ތަށްޓަކަށް އެޅުމަށްފަހު ހިހޫވަންދެން ބަހަައްޓާށެވެ. އަދި ކެއުމުގެ ކުރިން ކުޑަކޮށް ފިނިކޮށްލާށެވެ. (އިހުގައި މިކެއުން ހުންނަނީ ތަރާވީސްދަމު ފިހުނުމަސް ނޫނީ ހަނާކުރި މަހާއެކު ކާން ތައްޔާރުކުރެއެވެ. ފިނިކުރަން ފްރިޖު ނުކުރިޔަސް ރަނގަޅަށް ހިހޫވުމުން ހަމަ ވަރަށް މީރެވެ.)