ބޭނުންވާ ތަކެތި

  • 5 މިންޓްލީވްސް ހިމުން ކޮށާފައި
  • 1 މޭޒުމަތީ ސަމުސާ ޝުގަރ ސިރަޕް
  • 1/2 ޖޯޑު ޕެކެޓް ޕެޝަން ފުރުޓް ޖޫސް
  • 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
  • 1 ޖޯޑު ހިމުންކޮށްފައި ހުރި އައިސް
  • 1/2 ޖޯޑު ސޮޑާ ވޯޓަރ
  • 1 ޕެޝަން ފުރުޓް އެތެރެ ބައި ކަހާފައި

ތައްޔާރު ކުރާނެ ގޮތް

ޕެޝަން ފްރުޓް 1/2 ޖޯޑުފެނުގައި މިކްސަރުން ގިރާލފައި ފުރާނާފައި ބަހައްޓާށެވެ. ބިއްލޫރި ތަށްޓަކަށް މިންޓް ލީވްސްކޮޅާއި ޝުގަރ ސިރަޕް ކޮޅު އަޅާފައި 1 ޕެޝަން ފުރުޓް ޖޫސް އެއްކޮށްލާށެވެ. އެބައި ރަހަނިކުންނަ ވަރަށް ޗަސްކޮށްލާށެވެ. ހިމުންކޮށްފައި ހުރި އައިސް ބިއްލޫރި ތަށްޓަށް އަޅާފައި ޖޫސްވެސް އެއްކޮލާށެވެ. ލުނބޯހުތް ވެސް އެއްކޮށްލާށެވެ. ސޮޑާ ވޯޓަރ ވެސް އެއްކޮށްލާށެވެ.