ބޭނުންވާ ތަކެތި
- 96 ގްރާމް (10އޮށް) ކަދުރު، އޮށް ނަގާފައި ހުރި
- 20 ގްރާމް (15 ނަޓް) ކެޝޫ ނަޓްސް
- 15 ގްރާމް (15 ނަޓް) އަލްމަންޑްސް
- 125 އެމްއެލް (2/1 ޖޯޑު) ހޫނު ކިރު
- 4 ގްރާމް (2/1 މޭޒުމަތީ ބޮޑު ސަމުސާ)
- 375 އެމްއެލް(1.5 ޖޯޑު) ކިރު
- ހިމުންކޮށް ފުނޑުކުރި ކުޑަ ކާފޫރުތޮޅިކޮޅެއް
- 30 ގްރާމް(2 ސަމުސާ) ރޯ (ފެއްސަށްވުރެ ދަނބުކުލަ ރަނގަޅު) މޭބިސްކަދުރު
- 34 ގްރާމް (2 ސަމުސާ ކޮށާފައި ހުރި) އަނބު
- 32 ގްރާމް(2 ސަމުސާ) އަންނާރުއޮށް(ރަނގަޅުވާނީ ހުތް އަންނާރަށްވުރެ ފޮނި އަންނާރު)
- 30 ގްރާމް (2 ސަމުސާ) އާފަލު ކުދިކޮށް ކޮށާފައި،
- 6 ގްރާމް(1 ސަމުސާ) ކުދިކޮށް ކޮށާފައި ހުރި ކެޝޫނަޓްސް،
- 6 ގްރާމް (1 ސަމުސާ) ކުދިކޮށް ކޮށާފައި ހުރި އަލްމަންޑް،
- 6 ގްރާމް(1 ސަމުސާ) ކުދިކޮށް ކޮށާފައި ހުރި ޕިސްޓާޗިއޯ،
- ހިމުންހިމުން ކޮށް ގާނާފައި ހުރި 8 ގްރާމް(2 ސަމުސާ) ކާށިހުނި،
- 375 އެމްއެލް(1.5 ޖޯޑު) ރޯ ކިރު
- 48 އެމްއެލް(3 ސަމުސާ) މާމުއި
- ފެން
ތައްުޔާރު ކުރާނެ ގޮތް
ތަށްޓަކަށް ކަދުރާއި ކެޝޫ އަދި އަލްމަންޑް އެޅުމަށްފަހު އެއަށް ކިރު އަޅާފައި ރަނގަޅަށް ކިރަށް އެތަކެތި ފޯވަންދެން ބަހައްޓާށެވެ.
އިސްބަގުލް 60 އެމްއެލް(4/1 ޖޯޑު) އާދައިގެ ފެނަށް އަޅާށެވެ.
750 އެމްއެލް (3 ޖޯޑު) ފެން ކައްކާށެވެ. ކެކެން ފެށީމަ ފެނަށް ސާގު އަޅާށެވެ. ރަނގަޅަށް އެއްކުރަމުން މަޑުގިނީގައި 8 މިނެޓާއި 10 މިނެޓާ ދެމެދު އިރަކަށް ކައްކާށެވެ.
ފުރޭންޏަކުން ފުރާނައިގެން ސާގުކޮޅު ވަކިކޮށްލާށެވެ. މިގޮތަށް ފުރާނާއިރު ފިނިފެން ފޮދެއް ފުރޭނުމުގެ ތެރޭގައި ސާގަށް އެޅުމުން ތަތްވެ ޗަސް ނުވާނެއެވެ.
ކުރިން ކިރަށް ފޯކޮށްފައި ހުރި ކަދުރާއި ނަޓްސްތައް ކިރާއެކު މިސްކްޗަރަށް އަޅާފައި، އިތުރަށް 1.5 ޖޯޑު ރޯކިރު، ސަމުސަލުގެ ތުނޑަށް ނެގޭވަރުގެ ކުޑަކުޑަ (ހިމުންކޮށް ފުނޑުކޮށްފައިހުރި) ކާފޫރުތޮޅިކޮޅު އަޅާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްޗަރުން ގިރާށެވެ. ފިނިވެފައި ހުރި ސާގު، ފޯކޮށްފައި ހުރި އިސްބަގުލް، މޭބިސްކަދުރު، އަނބު، އަންނާރުއޮށް، އާފަލު ކޮޅު، ކުދިކޮށް ކޮށާފައި ހުރި ކެޝޫނަޓްސް، ކުދިކޮށް ކޮށާފައި ހުރި އަލްމަންޑް، ކުދިކޮށް ކޮށާފައި ހުރ ޕިސްޓާޗިއޯ، ކާށިހުނި، އަދި މާމުއިފޮދު، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
ތަށިތަށްޓަށް އަޅާފައި ބޭނުމިއްޔާ ފްރިޖުގައި ފިނިކޮށްލާށެވެ.