ތަޖުވީދު އިލްމު
- ތަޖުވީދު: ރީތިކުރުން
- އިސްތިލާހީ މާނަ: ކޮންމެ އަކުރަކަށް އެއަކުރެއްގެ ހައްގު ދިނުމާއެކު އެ އަކުރަކަށް ލިއްބައިދޭންޖެހޭ ޞިފަތަކުން ހައްގު ދީގެން އަކުރު އަދާކުރުމަކީ ތަޖުވީދެވެ.
ތަޖުވީދުގެ ބޭނުމަކީ ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް ކީރިތި ޤުރުއާނުގެ ލަފުޒުތައް ކިޔަން ދަސްކުރުމެވެ. އަދި ﷲތައާލާގެ ކަލާމްފުޅު ކިޔެވުމުގައި ކުށްކިޔުމުން ދޫ ރައްކާތެރި ކުރުމެވެ.
- ތަޖުވީދު އިލްމު ހުކުމް؛ ޤަވާއިދުތައް ދަސްކުރުމަކީ އުންމަތުގެ މައްޗަށް އޮތް ކިފާޔަތުގެ ފަރުޟެކެވެ. ތަޖުވީދުގެ ހަމަތަކުގެ މަތިން ޤުރުއާން ކިޔެވުމަކީ ޢައިނިއްޔަ ފަރުޟެކެވެ.
ޤުރުއާން ކިޔެވުމުގެ ދަރަޖަތައް ބެހެނީ 3 ބަޔަކަށެވެ.
- ތަޙުޤީޤުކޮށް ކިޔެވުން: ހިތްތިރިކަމާއި މަޑުމައިތިރިކަމާއެކު މާނައަށް ވިސްނައިގެން ކޮންމެއަކުރެއްގެ ޙައްޤާއި ލިއްބައިދޭން ޖެހޭ ޙައްޤު އެންމެ ފުރިހަމައަށް ދީގެން، ލަސްލަހުން ކިޔެވުން
- ޙަދަރު: އަކުރުތަކުގެ މަޚުރަޖަށް ވިސްނައިގެން ކޮންމެއަކުރެއްގެ ޙައްޤާއި ލިއްބައިދޭން ޖެހޭ ޙައްޤުދީގެން، އަވަސްކޮށް ކިޔެވުން
- ތަދުވީރު: ތަޙުޤީޤާއި ޙަދަރާ ދެމެދުން ކޮންމެއަކުރެއްގެ ޙައްޤާއި ލިއްބައިދޭން ޖެހޭ ޙައްޤުދީގެން މެދުމިނެއްގައި ކިޔެވުން
ފިލި ފުރިހަމަކުރުން
ފިލި ފުރިހަމަ ކުރުމަކީ ކިޔަވާއިރު އަބަފިލި ޖެހިފައިވާ އަކުރެއްނަމަ އަނގަ ރީތިކޮށް ހުޅުވައިގެން ކިޔުމެވެ. އިބި ފިލި ޖެހިފައިވާ އަކުރު ކިޔުމަށް ތިރީ ކަތުރު ކަށިގަނޑު ތިރިކޮށް ކިޔުމާއި އުބުފިލީގެ އަކުރެއްނަމަ ދެތުންފަތް ރަނގަޅަށް ބޭރަށް ވާގޮތަށް އޫކޮށްގެން ކިޔުމާއި ސުކުން ޖެހިގެން ވާ އަކުރެއްނަމަ ފިލީގެ ހަރަކާތް ނުގެނެސް ސުކުން ޖެހިފައިވާ އަކުރުގެ މަހުރަޖުން އެއަކުރެއް ކިޔުމެވެ.
ލިޔުމުގައި އަލިފުބާގެ އަކުރުތައް 28، ކިޔުމުގައި 29 އަކުރެއް ކިޔޭ، ސަބަބު: ލިޔުމުގައި ހަމްޒާ ބޭނުން ކުރުމަށް ވަކި ހާއްސަ ގޮތެއް ނެތުން/މި އަކުރު ލިޔަނީ ޔާ،ވާވު،އަލިފު އާއެކުގައި ނޫނީ ވަކިން ފޮޅުވަތުގެ މަތީގައެވެ.
މަޚާރިޖުލް ޚުރޫފު
- މަޚުރަޖު: އަޑާއެކު އަކުރު ނުކުންނަ ތަން
ކޮންމެއަކުރަކަށްވެސް ކަނޑައެޅިގެންވާ މަހުރަޖެއްވެއެވެ. ބައެއް އަކުރުތައް ވަރަށް ގާތް އެއްތަނަކުން ކިޔޭހެން ހީވާހާ ގާތެވެ. ބައެއް މަހުރަޖު އެއްމަހުރަޖު އަނެއްމަހުރަޖާ ވަރަށް ދުރެވެ.
މަހުރަޖުގެ ބައިތައް ބެހިގެންވާ މައިގަނޑު ފަސް ބައި
މިހެންކަމުން ޢިލްމުވެރިން ތަޖުވީދުގެ މަޚުރަޖުތައް ކަނޑައަޅުއްވާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލާފައި ވާއިރު ފަރުޢީކޮށް 17 ބަޔަށް ބެހޭ ގޮތަށެވެ. އެގޮތުން ތަޖުވީދު އިލްމުވެރިން މަޚުރަޖުތައް ތަރުތީބު ކުރައްވާފައިވަނީ އަކުރު އުފެދުމުގެ އަސްލަށް ބަލާފައެވެ.
- الجوف (އަނގައާއި ކަރު ތެރޭގައިވާ ހުސްތަން)
- الحلق (ކަރު)
- اللسان (ދޫ)
- الشفتان (ދެތުންފަތް)
- الخىشوم (ނޯށް)
(ނުނިމޭ)