ހެންވޭރު ގެއެއްގެ ފުރަތަަމަ ފަންގިފިލާގައިހުރި އޮފީހެއް ފަޅާލައި ހަތް ލައްކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުންްވަނީ އޭނާ ދިރިއުޅޭ ތަން ފުލުހުންވަނީ ބަލައި ފާސްކޮށްފައެވެ. އެތަނުންވަނީ ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮޮގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި އޮފީހަށް ވަގަކުވަދެ ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.