ބޭނުންވާ ތަކެތި
- 3 ބިހުގެ ގޮބޮޅި
- 50 ގ. ހަކުރު
- 250 އެމް .އެލް މިލްކް
- 250 ގ. ވިޕްކްރީމް
- 15 .ގ ޖެލެޓިން
- 100 އެމް .އެލް އަލަނާސި ޖޫސް
- 150 ގ. މާޝް މެލޯ ކުދިކޮށް ކޮށާފައި
- 1 ސްޕޮންޖް ކޭކް ކުޑަ
ތައްޔާރުކުރާނެ ގޮތް
ބިހާއި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ކިރު ވެސް އެބަޔާއި އެއްކޮށްލާށެވެ. ވިޕްކްރީމް ވިޕްކޮށްފައި އެއާއި އެއްކޮށްލާށެވެ. ޖޫސް ވެސް އެއްކޮށްލާށެވެ. ޖެލެޓިން ކޮޅު ގިރާފައި އެއާ އެއްކޮށް ރަނގަޅަށް މިކްސްކޮށްލާށެވެ. މާޝްމެލޯ އެއެެްކޮށްފައި މިކްސް ކޮށްލާށެވެ. ޓްރޭއެއްގައި ކޭކް ބާއްވާށެވެ .މިކްސް ކުރި ކްރީމްގަނޑު އޭގެ މަތީގައި ފަތުރާލާށެވެ.
1 ގަޑި އިރުވަންދެން ނުވަތަ ދޮޅު ގަޑިއިރު ވަންދެން ޑީ ފްރިޒަރަށް ލާށެވެ.