ބޭނުންވާތަކެތި

  • 500 ގ. ފުށް
  • 50 ގ. ހަކުރު
  • 20 ގ. ހިކިކިރު
  • 50 ގ. ބަޓަރ
  • 8 ގ. އީސްޓް
  • 1 މޭޒުމަތީ ސަމުސާ ބައި ޖިންޖަރ ޕޭސްޓް
  • 1 ބިސް
  • 250 އެމް. އެލް ފެން
  • 8 ގ . ލޮނު

ތައްޔާރުކުރާނެގޮތް

ފުށް، މޮޑޭ މެޝިނަށް ފުށް އަޅާފައި ހަކުރު،ބަޓަރު. އީސްޓް، ބިސް. ކިރު، ލޮނު. ފެން އަޅަމުން މޮޑެމުން ދާށެވެ. 10 މިނިޓް ވަންދެން މޮޑެލާށެވެ. ނުވަތަ ރަނގަޅަށް މޮޑެވެންދެން މޮޑެލާށެވެ.

ޖިންޖަރ ޕޭސްޓް އެއްކޮށްލާށެވެ. ފުށްގަނޑު އޮމާންކޮށްފައި މަތި ބަންދުކޮށްފައި 1 ގަޑިއިރުވަންދެން ބާއްވާށެވެ.

ވައްކޮށް ގުޅަތައް އޮމާންކޮށްފައި ޓްރޭގައި ދޭތެރެ ދުރުކޮށް އަތުރާލާށެވެ. ގުޅަތައް ފުފެންދެ ބަހައްޓާފައި އަވަންގެ ހޫނުމިން 180 ޑިގްރީގައި ބަހައްޓައިގެން 12 ނުވަތަ 15 މިނިޓް ފިހެލާށެވެ.

ފިހެވުމުން ބަނަސްތަކުގެ މަތީގައި ޕޭސްޓްރީ ބްރަޝް އަކުން ތުނިކޮށް ބަޓަރު ކޮޅެއް ހާކާލާށެވެ. މި ބަނަސް ފުށްގަނޑު މި ނޫން ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރު ކުރެއެވެ.