ބޭނުންވާ ތަކެތި:

  • 6 ފޮތި ޕާން (ބޮޑު)
  • 1 މޭޒުމަތީ ސަމުސާ ޑްރައިޑް މިކްސްޑް ހަރބްސް
  • 1 މޭޒުމަތީ ސަމުސާ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކެރެޓު
  • 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ފިޔާ
  • 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ލޮނުމެދު (ގާނާފައި)
  • 6 ފޮތި ޗީޒް
  • 1 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް
  • 1 މަސް ދަޅު

ތައްޔާރު ކުރާނެ ގޮތް

ޕާނުގެ އެއްފުށުގައި ބަޓަރު އުނގުޅާށެވެ. ތަވާ ހޫނު ވީމަ ބަޓަރު އުނގުޅި ފަޅި ތަވާގައި ޖެހޭ ގޮތަށް ޕާން ފޮތިތައް ބާއްވައި މުށިކުލަ އަރާލަންދެން ޓޯސްޓް ކޮށްލާށެވެ. ދެފުށް ޓޯސްޓް ކުރުން މުހިންމެއް ނޫނެވެ. ދެން ޕާން ފޮތިތައް ތަށްޓަކަށް ނަގާފައި ބަހައްޓާށެވެ. ފިޔާ، ކެރެޓު އަދި ބެލް ޕެޕަރ ކޮށައި ލޮނުމެދު ގާނާށެވެ. ނޫނީ ރަނގަޅަށް ޗަސްކޮށްލާށެވެ. ތަވައަކަށް ތެޔޮ އަޅައި ހޫނު ކޮށްލާފައި އޭގެ ތެރެއަށް ކޮށި ބައި އަޅާފައި ފިޔާކޮޅު މަޑުވުމުން ނަގާފައި ތަށްޓަކަށް އަޅާލާށެވެ.ގޭނި ލޮނުމެދާއި، ޓޮމާޓޯ ޕޭސްޓާއި، ހަރބްސް އެއްކޮށްލާފައި ބަހައްޓާށެވެ.

200 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ސާފު ތަށްޓެއް މަތީގައި ޕާން ފޮތިތައް، ބަޓަރު ޖެހި ފަޅި ތިރިއަށް ވާގޮތަށް، އަތުރާލާށެވެ. ދެން ޕާން ފޮތިތަކުގެ މަތީގައި ކުރިން އެއްކުރި ޓޮމާޓޯ ޕޭސްޓް އާއި ލޮނުމެދު އުނގުޅާށެވެ. މަސްދަޅު ކަނޑާ، މަސްކޮޅު ފެލާލުމަށްފަހު 6 ބަޔަށް ބަހާލާށެވެ. ޓޮމާޓޯ ޕޭސްޓް އުނގުޅާފައިވާ ކޮންމެ ޕާން ފޮއްޗެއްގެ މަތީގައި ބައިކުރި މަސްދަޅުން ބައެއް ފަތުރާލާށެވެ.އަދި ކޮންމެ ޕާން ފޮއްޗެއް މަތީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ. ކުރިން ކެއްކި ފިޔާ، ކެރެޓު، އަދި ބެލް ޕެޕަރވެސް 6 ބަޔަށް ބަހާލާފައި ޗީޒް ފޮތިތަކުގެ މަތީ އަތުރާލާށެވެ. (ބޭނުމިއްޔާ ތޮޅި މިރުސްކޮޅެއްވެސް ކޮށާލާފައި އަޅާލެވިދާނެއެވެ. ތަބަކެއްގައި ޕާން ފޮތިތައް އަތުރާށެވެ. ހޫނު ކުރަން ޖެއްސި އަވަނަށް ތަބައް ލާފައި 15 މިނިޓު ނުވަތަ ޗީޒް ދިޔާ ވަންދެން ފިހާށެވެ.

ފަސޭހަ ކޮށް ހަރަދު ކުޑަކޮށް އަނގައަށް މީރު ޕިއްޒާ ޓޯސްޓް ތައްޔާރުވީއެވެ.

ޕިއްޒާ ޓޯސްޓޯ ހެދުމަށް ކޮންމެ އެއްޗެއްވެސް ބޭނުންކުރެވިދާނެއެވެ. ތަރުކާރީ، ބޮންޑުއެލްދަޅު، ސޮސެޖް، ބީފް، ކުކުޅު އަދި ކޮންމެ ކަހަލަ ޗީޒެއްވެސް ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެއެވެ.