ބޭނުންވާ ތެކެތި:

  • 1.5 ލީޓަރު ފެން

  • 1 ސައިސަމުސާ ލޮނު (މެކަރޯނީ ފެނު ކައްކާއިރު އަޅަން)

  • 200 ގްރާމް އެލްބޯ މެކަރޯނީ (ނޫނީ އެހެން ވައްތަރެއްގެ ޕާސްޓާ)

  • ½ ޖޯޑު ލަންޗަން މީޓް ތުނިކޮށް ދިގަށް ކޮށާފައި

  • 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ޗެޑާ ޗީޒް

  • 1 މޭޒުމަތީ ސަމުސާ ބަޓަރު

  • 1 މޭޒުމަތީ ސަމުސާ ފުށް

  • 1 ޖޯޑު ފުލް ކްރީމް ކިރު

  • ¼ ސައިސަމުސާ ލޮނު

  • 1/3 މުގުރި އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

ފެން ތެއްޔަކަށް އަޅާ ބޮކިޖަހާ ކެކި ގަންނަންދެން ހޫނު ކުރާށެވެ. ކެކި ގަތީމައި ލޮނާއި މެކަރޯނީ ފެންގަނޑުގެ ތެރެއަށް އަޅާށެވެ. މެކަރޯނީ 10 މިނިޓު ވަންދެން ފެނު ކައްކާށެވެ. ދެން ފުރާނާލާފައި އެހަށް ބަހައްޓާށެވެ.

މެކަރޯނީ ކެކެމުން ދާއިރު ޗީޒް ކުދިކޮށް ކޮށާށެވެ. އަދި ލަންޗަން މީޓް ތުނިކޮށް ދިގުކޮށް ކޮށާށެވެ. ބަޓަރާއި ލަންޗަން މީޓް ތެއްޔަކަށް އަޅާފައި މެދު ގިނީގައި ބަޓަރު ދިޔާ ވަންދެން އެތަކެތި ހޫނު ކުރާށެވެ. ދެން ހުއްޓާ ނުލާ އެއްކުރަމުން އަދި މިނިޓެއްވަރު ކައްކާލާފައި ތެލީގެ ތެރެއަށް ފުށްކޮޅު އަޅާށެވެ. އެއްކުރަމުން އިތުރު 2 މިނިޓު ކައްކާލާށެވެ.

ތެލީގެ ތެރެއަށް ފުލް ކްރީމް ކިރާއި، ލޮނާއި އަސޭމިރުސް އަޅާށެވެ. ބޮކިޖަހާ ކެކި ތެލީގައި ހުރި ތަކެތި އޮމާން ވަންދެން ގިރަމުން ކައްކަމުން ގެންދާށެވެ. ތެލީގެ ތެރެއަށް ޗީޒް އަޅައި ރަނގަޅަށް އެއްވަންދެން ގިރަމުން ކައްކާށެވެ. ކައްކާފައި ހުރި މެކަރޯނީތައް ތެލީގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

މިހާރު އެހެރީ ކާން ތައްޔާރުވެފައެވެ. ހޫނުކަންމަތީ ތާޒާކަމާއެކު ކެއުމަށް އިންސާފު ކުރައްވާށެވެ.