ބޭނުންވާ ތަކެތި
- 1 ޕިއްޒާ ބްރެޑް
- 2 ފިޔާ ގާނާފައި
- 1/3 ސައި ސަމުސާ މުގުރި އަސޭ މިރުސް
- 1 ޖޯޑު ޕީލްޑް ޓޮމާޓޯ
- 5 ބިސް ގިރާފައި
- 1/2 ޖޯޑު ޓޮމާޓޯ ސޯސް
- 2 ޖޯޑު މޮޒޮރެއްލާ ޗީޒް ގާނާފައި ހުރި
- 10 ފޮތި ޓޮމާޓޯ
- 2 ޖޯޑު ބޯންލެސް ޗިކަން ކުދިކޮށް ކޮށާފައި ހުރި
- 2 ލޮނުމެދު ގާނާފައި
- 1 މޭޒުމަތީ ސަމުސާ ހިކިކިރު އޮލަކޮށް ގިރާފައި ހުރި
- 2 ކެޕްސިކަމް ހިމުންކޮށް ކޮށާފައި
- 1 ޗިކަން ކިއުބް
- 1 ސައި ސަމުސާ ބައި ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
- ލޮނުކޮޅެއް
- ބަޓަރ ކޮޅެއެް
- ތެޔޮފޮދެއް
- ޓޮމާޓޯ ސޯސް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ. ހޫނު ވީމާ ތެޔޮފޮދެއް އަޅާލާށެވެ. ތެެޔޮފޮދު ހޫނުވީމާ ފިޔާ ، މިރުސް ކެޕްސިކަމް ކޮޅު އަޅާފައި ކިއުބް ކޮޅު ވެސް އަޅާލާށެވެ . އަސޭމިރުސް ކޮޅެއްވެސް ލާށެވެ .ކުކުޅު މަސް ކޮޅުވެސް އަޅާލާށެވެ.
ޕީލްޑް ޓޮމާޓޯ، ޓޮމާޓޯ ސޯސް ވެސް އެއްކޮށްލާށެވެ. މަސްގަނޑު ހަނާވުމުން އުނދުން މަތިން ބާލާށެވެ.
އެހެންތަވައެއް އުދާލާފައި ބަޓަރ ކޮޅެއް އަޅާފައި ހޫނުވީމާ ބިސް އެއްކޮށް އަޅާލާށެވެ. ކިރު، ލޮނު އަދި ކުޑަ އަސޭމިރުސް ކޮޅެއް އެއްކޮށްލާށެވެ. ބިސް އެތި އެތިކޮޅަށްވެ ރޯފިލަންދެން ދޭފަތުން ހަލަމުންދާށެވެ. ޕިއްޒާ ބްރެޑް މަތީގައި ބަޓަރ ކޮޅެއް ހާކާފައި ހަނާކުރި ބައި ފަތުރާ ލާފައި ސްކްރަމްބްލްޑް އެގް ފަތުރާލާށެވެ. ދެން ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. ޗީޒް ބުރުވާފައި އަވަން ގައި ފިހެލާށެވެ.