ކްރިމިނަލް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުހައްމަދު (34އ) ކަމަށެވެ.

އަޙްމަދު މުޙައްމަދު ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުން ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.

މީގެއިތުރުން، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް އެނާ ހާޒިރުކުރުމަށް އަންގާފައިވަނީ އޭޕްރީލް 10 ވަނަ ދުވަހު 09:30 އަށެވެ.