ބޭނުންވާ ތަކެތި
- 300 ފުށް
- 1 ޖޯޑު ކޯންފްލެކްސް
- 200 ގ .ހަކުރު
- 2 ސައި ސަމުސާ ބޭކިންގ ޕައުޑަރ
- 2 ސައި ސަމުސާ ވެނީލާ އެސެންސް
- 6 ބިސް
- 250 ބަޓަރ
- 1/2 ޖޯޑު ހަކުރު ކެރެމަލް ކުރަން
ތައްޔާރު ކުރާނެ ގޮތް
ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށްފައި، ފުރާނާފައި ބަހައްޓާށެވެ. ހަކުރާއި ބަޓަރ އެއްކޮށް ގިރާފައި ފަހަރަކު ބިހަކާއި ފުރޭނި ބައިން ފުށް އަޅަމުން ރަނގަޅަށް ގިރާލާށެވެ. އެސެންސް އެއްކޮށްލާށެވެ. ހަކުރު ކޮޅެއްތަވަޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. ހިތިރަހަ ނުދޭވަރަށް ބްރައުންވީމާ ކޯންފްލެކްސް ކޮޅު އަޅާފައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކެރެމަލް ކޮށްލާށެވެ.
އެބައި ގިރާފައި ހުރި ފުށްގަނޑާއި އެއްކޮށްލާށެވެ. ރޭ ތައްޔާރު ކޮށްފައި ފުށްގަނޑު އަޅާލާށެވެ . އަވަނުން ފިހެލާށެވެ. މި ކޭކްވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކުރެއެވެ. ބޭނުމިއްޔާ ކޭކް ފިހެވުމުން ހިހޫވީމާ ކެރެމަލް ސިރަޕް ކޭކް މަތީގައި ހާކާފައި ކޯންފްލެކްސް ކޮޅެއް ބުރުވާލާށެވެ