ބޭނުންވާ ތަކެތި

  • 2 ޖޯޑު ކާށިހުނި
  • 1 ދަޅު ގެރިކިރު
  • 3 ކުކުޅުބިސް
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

ކާށިހުނިކޮޅުގެ ތެރެއަށް ގެރިކިރުދަޅު އަޅާފައި މަދުވެގެން 1 ގަޑިއިރު ބަހައްޓާށެވެ. ކުކުޅު ބިސް ކޮޅު ރަނގަޅަށް ގިރުމަށްފަހު

ހުންޏާއި ގެރިކިރު ތެރެއަށް އަޅައި ރަނގަޅަށް ގިރާށެވެ. ވެނީލާ އެސެންސްކޮޅު އަޅައި އެއްކުރުމަށްފަހު، ޓްރޭއެއްގައި ބަޓަރު ނޫނީ ތެޔޮފޮދެއް ހޭކުމަށް ފަހު، އަޅާށެވެ. އަވަންގައި 250 ޑިގްރީ ހޫނުމިނުގައި ބަހައްޓައިގެން 20 މިނިޓް ވަންދެން ފިހާށެވެ.