ބޭނުންވާ ތަކެތި

  • 1 ފިޔާ
  • 3 މޭޒުމަތީ ސަމުސާ ރިހާކުރު
  • 1 ހިކަނދިފަތް
  • 4 ހިކިމިރުސް
  • 1 ލުނބޯ
  • 2/1 ޖޯޑު ކާށިހުނި
  • 1 ޖޯޑު ބިންބިފުށް

ތައްޔާރު ކުރާނެ ގޮތް

ފިޔާ ސާފުކުރުމަށް ފަހު، ތުނިކޮށް ކޮށާށެވެ. ހިކިމިރުސްކޮޅު ފޮޅިކޮށްލައި ހިކަނދިފަތާއެކު ކުދިކޮށް ކޮށައި އެއަށްފަހު، ލުނބޯ ހުތްފިތައި ރަނގަޅަށް މޮޑުމަށް ފަހު، ކާށިހުނިކޮޅާއި ރިހާކުރު ކޮޅު ވެސް އަޅައިގެން މޮޑޭށެވެ.

އެއަށްފަހު ބިންބިފުށްކޮޅު އަޅައި އެއްކޮށްލާށެވެ. ފުށްގަނޑު ފަތުރައިލުމުގެ ކުރިން ހަނދާކޮށް ތަވާގައި ތެޔޮފޮދެއް ހާކާށެވެ.

ތަވާގައި ފިހުމަށް ތައްޔާރުކޮށް މޮޑެފައިވާ ފުށްގަނޑު ތަވާގައި ފަތުރައިލުމަށް ފަހު 15 މިނިޓް ވަންދެން ފިހާށެވެ.