ބޭނުންވާނެ ތަކެތި

  • 1 ގަނޑު ކަނޑުމަސް
  • 4 އިންޗި ރާނބާފަތް
  • 4 ލޮނުމެދު
  • 1 ސައިސަމުސާ ހިތިދަމުއި
  • 1 ފިޔާ
  • 3 ޖޯޑު ކާށިކިރު
  • 1 ޖޯޑު ގަބުޅި ހުނި
  • ލޮނު
  • 2 ހިނކަދިފަތް

ތައްޔާރު ކުރާނެ ގޮތް

ރޯމަސްގަނޑު ތިން ފަޅިއަށް ފަޅައިލުމަށް ފަހު، ކުދިކުދިކޮށް ކޮށައިލާފައި މަސްކޮޅު ދޮންނާށެވެ. ދެން ލޮނުމެދު، ފިޔާ ސާފުކުރުމަށް ފަހު، ކުދިކޮށް ކޮށައި، ގަބުޅި ހުނިކޮޅާއި، ހިތިދަމުއި، އަދި ހިކަނދިފަތްކޮޅާއެކު މިކްސްޗަރުގެ ކުޑަބަޔަށް އަޅައި ރަނގަޅަށް ހިމުންކޮށް މުގުރާށެވެ.

(ދައެއްގައި ހިމުންކޮށް ފުނޑައި ވެސް ލެވިދާނެ) އެއަށް ފަހު، ފުނޑާފައިވާ އެތިކޮޅު މަސްގަޑުގެތެރެއަށް އަޅައި އެއްކުރުމަށް ފަހު، ކާށިކިރުކޮޅު އަޅައި، ކެއްކުމަށް ޓަކައި އުދާށެވެ. ރާނބާފަތްކޮޅު ބުރިބުރިކޮށް އެޅުމަށް ފަހު، ލޮނު ހެޔޮވަރުކޮށް ރަނގަޅަށް ރޯފިލަންދެން ކައްކާށެވެެ.