ބޭނުން ވާނެ ތަކެތި

  • 1/2 ބަނބުކެޔޮ
  • 3 ޖޯޑު ކާށިކިރު
  • 2 ސައިސަމުސާ ދިރި
  • 3 ރިހާކުރު ބޮނޑި(ލިބެން ހުރިއްޔާ/ ނެތިއްޔާ ނާޅާ ތައްޔާރު ކުރެވޭނެ)
  • 6 ހިކިމިރުސް
  • ހައެއްކަ ބިލިމަގު
  • 8 ލޮނުމެދު
  • ހަތަރު އިންޗި ހުންނަވަރުގެ ރާބާފަތް ކޮޅެއް
  • 1 ފިޔާ
  • 2 ހިނކަދިފަތް
  • 2/1 ޖޯޑު ކާށިހުނި
  • 3 މޭޒުމަތީސަމުސާ ރިހާކުރު
  • ރަހަލާވަރަށް ލޮނު

ތައްޔާރު ކުރާނެ ގޮތް

ބަބުކެޔޮ މެށުމަށްފަހު، ރީތިކޮށް ފޮތިފޮތި ކޮށް، އިންޗިއެއް ހުންނަވަރަށް ބުރި ކުރާށެވެ. ރަނގަޅަށް ދޮވެފައި ކާށިކިރުފޮދެއް ތެއްޔަކަށް އަޅައި ރާނބާފަތްކޮޅު ވެސް އެޅުމަށްފަހު، ބަނބުކެޔޮކޮޅު އަޅައި މަޑުވަންދެން ކައްކާށެވެ. ކާށިހުނި، ދިރި، ފިޔާ، ހިކަނދިފަތް، ހިކިމިރުސް އަދި ލޮނުމެދު އެއްކޮށް މިކްސްޗަރުގައި ހިމުން ކޮށްލާށެވެ.

ފުނޑިއެތިކޮޅު މަޑުކޮށްފައިވާ ބަނބުކެޔޮތަކުގެ ތެރެއަށް އަޅާށެވެ. އޭގެ ތެރެއަށް ރިހާކުރުކޮޅާއި ބިލަމަގު ވެސް އަޅައިލާށެވެ. ރިހާކުރު ބޮނޑި ކުދިކޮށް ކޮށާލާފައި، އޭގެތެރެއަށް އަޅާލާށެވެ. ބާކީހުރި ކާށިކިރުފޮދު ވެސް އަޅައިގެން ރަނގަޅަށް ކައްކައިލުމަށްފަހު، ލޮނުހެޔޮވަރު ކޮށްލާށެވެ.