ބޭނުންވާ ތަކެތި

  • 250 މިލިލީޓަރު ކުކިންގ ކްރީމް
  • 100 ގްރާމް މުރަނގަފަތް (ތަނޑި ނައްޓާފައި)
  • 200 ގްރާމް ސްޕެގަޓީ
  • 2 މޭޒުމަތީ ސަމުސާ ލުބޯހުތް
  • 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 މެދު ފިޔާ (ތުނިކޮށް ކޮށައިފައި)
  • 5 ލޮނުމެދު
  • ½ ދަޅުމަސް
  • ލޮނު

ތައްޔާރު ކުރާނެ ގޮތް

ތެއްޔެއްގައި ފެން ކައްކާފައި އޭގައި ސްޕެގަޓީ މަޑުކުރުމަށް އުދާށެވެ. ޗަސް ނުވާހެން، މީރު ވަރަކަަށް، ސްޕެގެޓީ މަޑުކުރާއިރު ކުޑަތެޔޮފޮދެއް އެއަށް އަޅާށެވެ. އޭރަށް ސްފެގެޓީ ޗަސްނުވާނެއެވެ. ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށައިލާށެވެ. އެއަށްފަހު ކުކިންގ ކްރީމް، މުރަނގަފަތް އަދި ލުބޯހުތް މިކްސްޗަރެއްގައި ރަނގަޅަށް ގިރައިލާށެވެ.

ހޫނު ތަވައަކަށް އޮލިވް އޮއިލް އެޅުމަށް ފަހު ފިޔައާއި ލޮނުމެދު ރަނގަޅަށް މީރުކޮށްލާށެވެ. މަސްދަޅު އެއްކޮށްލުމަށްފަހު މިނެޓެއްހާއިރު ވަންދެން ކައްކައިލާށެވެ.

ކްރީމް މިކްސްޗަރ އަޅައި އޮލަވަންދެން ކައްކައިލާށެވެ. ޗީސް އަޅައިލުމަށްފަހު މިނެޓެއްހާއިރު ކައްކާށެވެ. ދެން އަސޭމިރުސް އެއްކޮށްލާށެވެ. ލޮނުހެޔޮވަރު ކޮށްލުމަށްފަހު މަޑުކޮށްފައިހުރި ސްޕެގަޓީއާ ރަނގަޅަށް އެއްކޮށްލާށެވެ.