މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. އެކްސިޑެންޓުގައި ސައިކަލުގައި ދިޔަ މީހާއަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު، އެމްޕީއެލް ފްލެޓްތައް ކައިރީގައެވެ. ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު މިއަދު 11:45 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގަައި ސައިކަލު ދުއްވަން އިން މީހާ އަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އިތުރުފަރުވާއަށް އޭޑީކޭ ހޮސްޕިޓަަލަށް ބަދަލުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އުމަރުން އަށާރަ އަހަރުގެ އެ ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

ފުލުހުންގެންދަނީ މިމައްސަލަ ބަލަމުންނެވެ.