ކޭކަށް ބޭނުންވާ ތަކެތި

  • 2 ޖޯޑު އޯރިއޯ ބިސްކޯދު (އެކި ފްލޭވާ މިހާރު ހުރޭ، އެހެންނަމަވެސް އަޅުގަނޑު ބޭނުންކުރީ އޮރިޖިނަލް،)
  • 4 ބިސް
  • ½ ޖޯޑު ސަންފްލާވަރ ތެޔޮ
  • 1 ޖޯޑު ކިރު
  • ½ ޖޯޑު ހަކުރު
  • 1 ޖޯޑު ފުށް
  • 1 ސަމުސާ ބޭކިންޕައުޑާރ

ކޭކު ތައްޔާރު ކުރާނެ ގޮތް

ބިސްކޯދާއި ތެލާއި ބިސް އަދި ކިރު މިކްސްޗަރަށް އަޅާފައި، މިކްސްޗަރުގައި ރަނގަޅަށް އެއްކޮށްލައި ގިރާލާށެވެ. މިކްސްޗަރުން އެއްކުރި ބައި ތަށްޓަކަށް އަޅާށެވެ. އަދި އެއަށް ހަކުރާއި، ފުށް އަދި ބޭކިންޕައުޑާރ، ރަނގަޅަށް އެއްކޮށްލުމަށްފަހު، ރަނގަޅަށް ކޭކުފުށްގަނޑު ގިރާ ނިމުނީމައި، ކޭކު ފިހާ ޓްރޭއަކަށް އަޅާށެވެ. އަވަނުގައިނަމަ360F 35 މިނިޓް ފިހެލާށެވެ. ނޫނި އުނދުނުގައި މަޑުގިނީގައި ވެސް ފިހެވިދާނެއެވެ.

ޓޮޕިންގްސް އަށް ބޭނުންވާ ތަކެތި އަދި ތައްޔާރުކުރާނެ ގޮތް

  • 3 ޖޯޑު ވައިޓް ޗީޒް(އަޅުގަނޑު ބޭނުން ކުރީ ކްރީމް ވައިޓް ޗީޒެވެ.)
  • 2 ޖޯޑު ވިޕް ކްރީމް (ވެނީލާ، އަޅުގަނޑު ބޭނުން ކުރީ ޕެކެޓު ވިޕް ކްރީމްއެއް)
  • 4 ސަމުސާ ހިމުންކޮށްފައި ހުރި ހަކުރު
  • 1ސަމުސާ ވެނީލާ އެސެންސް(ކުޑަސަމުސާ. )

މިހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށް ވިޕް ކޮށްލާށެވެ. އަދި ކޭކުގެ މަތީގައި ފުފިފައި ހުރި ތަންކޮޅެއް ހުރިނަމަ އެއްވަރަށް މަތިން ކޮށައި އެއްވަރުކޮށްލާށެވެ. ކޭކު މައްޗަށް ކްރީމްގަނޑު އަޅާލާށެވެ. އަދި އޭގެ މައްޗަށް 8 ވަރަކަށް އޯރިއޯ ބިސްކޯދު ހިމުންކޮށްފައި އަޅާށެވެ. ބޭނުމިއްޔާ ވައިޓް ނޫނީ ޑާކް ޗޮކްލެޓެއް ހިމުންކޮށް ގާނާފައި މައްޗަށް ވިއްސާލީމަ އިތުރަށް ރަހަ މީރުވެގެންދާނެއެވެ.