ސައުދީ ކިންގް ކަޕް ސެމީފައިނަލުގައި މިރޭ އަލް ވަހްދާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި އަލް ނަސްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރެކްޓިހުގެ ފޮޓޯތައް ނަގައި އޭނާ އުފަލުން ހުރިކަން ސަޕޯޓަރުނަށް ދައްކާލައިފިއެވެ.

ރޮނާލްޑޯ ފޮޓޯ ނަގަން ކެމެރާ ހިފައިގެން ހުރި ފޮޓޯތައް އަލް ނަސްރުން ވަނީ އެކްލަބުގެ ރަސްމީ ޓްވިޓާ އެކަންޓުން ޓްވީޓް ކޮށްފައެވެ.

ރޮނާލްޑޯ ނަގާފައިވާ ބައެއް ފޮޓޯތައް. ފޮޓޯ؛ އަލް ނަސްރު ޓްވިޓާ

އަލް ނަސްރް އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗް އެއްވަރުވިއިރު އަނެއް މެޗުންވީ ބައްޔެވެ. އެއްވަރުވި މެޗަށްފަހު ރޮނާލްޑޯ ވަނީ އިދިކޮޅު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ލީގުގެ ކުރީގައި އޮޮތް ހިލާލް އަތުން ބަލިވި މެޗުގައި އެޓީމުގެ ކުޅުންތެރިއެއްގެ ފަހަތުން ކަރުގައި ހިފައި ވައްޓާލިއެވެ.

އަލް ނަސްރާއި އަލް ވަހްދާ ބައްދަލު ކުރާ ސެމީފައިނަލް މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 23:00 ގައެވެ.