ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބިންލައިނަރ ވިއްކާ އަގުތައް އާންމުކޮށްފިއެވެ. ވެމްކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސް ތަކުން ބިންލައިނާ ލިބެން ހުންނާނެއެވެ. ހަމައެކަނި ކުނި އުކާލުމުގައި އެ ކޮތަޅު ބޭނުން ކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވެމްކޯއިން ބިންލައިނާ ވިއްކާ އަގުތައް:

  • ލާޖު - 100 ކޮތަޅުގެ ބޮޑިއެއް 35 ރުފިޔާއަށް
  • ޑަބަލް އެކްސްއެލް - 100 ކޮތަޅުގެ ބޮޑިއެއް 165 ރުފިޔާއަށް
  • ޓްރިޕަލް އެކްސްއެލް - 50 ކޮތަޅުގެ ބޮޑިއެއް 165 ރުފިޔާއަށް

ބިންލައިނާ ހޯލްސޭލް އަދި ރީޓެއިލްކޮށް ރައްޔިތުންނަށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތައް ހޯދަންވެސް ވެމްކޯއިން ވަނީ އިއުލާނުކޮށްފައެވެ. އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅައި ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށް ވެމްކޯއިން ވަނީ މީގެ ކުރީ އިއުލާނެއްގައި ހާމަކޮށްފައެވެ.