ޔޫކްރޭންގެ ވެރިރަށް ހިމެނޭހެން ޔޫކްރޭންގެ އެތައް ސަރަހައްދަކަށް ރަޝިޔާއިން ޑްރޯން ބޭނުންކޮށްގެން ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލަ ދިނުމަށް ބޭނުން ކުރި 26 ("އީރާނިއަން-މޭޑް ޝަހީދު"(Iranian-made Shahed)ނަމަކަށް ކިޔާ ޑްރޯންސް ގެ ތެރެއިން 21 ޑްރޯންސް ވަނީ ނައްތާލާފައެވެ. މިކަމުގެ ތެރޭގައި އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ގެއްއްލުމެއް ލިބިފައި ނުވެއެވެ..

ކީވް ހަމަލަތައް: އަސްކަރީ ވެރިކަމުގެ ވެރިޔާ ސެރްހީއީ ޕޮޕްކޯ ބުނި ގޮތުގައި މިއީ ވޭތުވެދިޔަ ހަ ދުވަހުގެ ތެރޭގައި، ޔޫކްރެއިންގެ ވެރިރަށް "ކީވް" ސިޓީއަށް، "ޝަހީދު"ޑްރޯންސް އިން ހަމަލަ ދިން ތިން ވަނަ ފަހަރެވެ.

"ދުޝްމަނުންގެ އުކުޅުތަކަށާއި އެމީހުންގެ ހަމަލަތަކަށް އެއްވެސް ބަދަލެއް ނާދޭ، ހަމަ އެގޮތަށް. ޓެރަރިސްޓުންގެ ގައުމުން ވައިގެ ހަމަލަތައް އެކި ދިމަދިމާއަށް ދެމުން މިދަނީ." ޕޮޕްކޯ ބުންޏެވެ.

އިރުމަތީ ޔޫކްރޭނުގައި، އަނެއްކާވެސް ޑްރޯން ހަމަލާއެއްގައި "ޑްނިޕްރޮޕެޓްރޮވްސްކް" ސަރަހައްދުގެ އިމާރާތެއްގައި ވަނީ އަލިފާން ރޯވެފައެވެ. ޔޫކްރޭންގެ ވައިގެ ސިފައިންނަށް ހަމަލަ ދީފައި ވަނީ ޑްނިޕްރޮޕެޓްރޮވްސްކްގެ މަތިން ވައްޓާލި ހަތް ޑްރޯން އަކުންނެވެ. ކުއްލި ހާލަތުގައި އެހީވެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށާއި ގެއްލުންތަކަށް އެހީވާން ފަށާފައެވެ. ޔޫކްރޭންގެ މެދުތެރޭ، ކިރޯވޮހްރާޑް ސަރަހައްދަށް ވެސް ވަނީ ތިން ޑްރޯން އަކުން ހަމަލާ ދީ، ތެޔޮ ޑިޕޯއެއްގައި އަލިފާން ރޯކޮށްލައިފައެވެ.