ލިވަޕޫލްގެ މެދުތެރެ ވަރުގަދަ ކުރުމަށް މަޝްހޫރު ލިވަޕޫލުން ބްރައިޓަނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި މިޑްފީލްޑަރު އެލެކިސް މެކް އެލިސްޓާ ގެނައުމާ ކައިރިއަށް ޖެހިލައިފިކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

މެކް އެލިސްޓާ، އެންމެފަހުގެ ވަރލްޑް ކަޕުގައި އާޖެންޓީނާ ތަމްސީލް ކުރަނީ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައި އޮތް ވަރލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބު ކުރި ޓީމުގެ މެދުތެރެއިން ވިދާލި މެކް އެލިސްޓާ،24، އަކީ ލިވަޕޫލްގެ ކޯޗް ޖަރުމަނުގެ ޔާގެން ކްލޮޕް އެންމެ ބޮޑަށް ބޭނުންވާ އެއްކުޅުންތެރިޔާއެވެ.

ލިވަޕޫލްއިން މެކް އެލިސްޓާ ގަތުމުގެ ރޭސް ކާމިޔާބު ކުރުމާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، މެކް އެލިސްޓާއަށް ޝައުގުވެރިވާކަން ލިވަޕޫލްއާ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ހާމަކުރިއެވެ.