ބްރޯޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ އުއްމީދީ މިޑްފީލްޑަރު ޖޫޑް ބެލިންގހަމް ސްޕެއިނުގެ މަޝްހޫރު ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ މިރޭ ރިޕޯޓް ކޮށްފިއެވެ.
ބެލިންގހަމްގެ ޓްރާންސްފާ ކަންކަމާ ގުޅޭ ގޮތުން ފެބްރީޒިއޯ ކުރި ޓްވީޓުގައި ބުނީ ޑޯޓްމަންޑް ދޫކޮށް ރެއާލް މެޑްރިޑަށް ބެލިންގހަމް،19، ބަދަލުވުމުގެ މަޝްވަރާގެ ކަންކަން މިހާރު އޮތީ އެންމެފަހު މަރުހަލާގައި ކަމަށެވެ.
އެކަމަކު ބެލިންގހަމް ރެއާލްއަށް ބަދަލުވަނީ ކިހާވަރެއްގެ ޓްރާންސްފާ ފީއަކަށް ކަމެއް ފެބްރީޒިއޯ ހާމަކޮށްފައެއް ނުވެއެވެ.
ބެލިންގހަމް ގަތުމަށް އިނގިރޭސި މަޝްހޫރު ކްލަބް މެންޗެސްޓަރ ޔުނައިޓެޑުންވެސް ކުރިން ޝައުގުވެރިކަން ފާޅު ކުރިއެވެ.
ބެލިންގހަމް ވަނީ މިދިޔަ އަހަރު ގަތަރުގައި އޮތް ވަރލްޑް ކަޕުގައި އިނގިރޭސި ގައުމީ ޓީމްވެސް ތަމްސީލް ކޮށްފައެވެ.