ފްރާންސްގައި މިހާރު ކުރިއަށްދާ އެޓީޕީ ޗެލެންޖާ އިވެންޓުގެ ފައިނަލުން އިންގްލެންޑުގެ އެންޑީ މޫރޭ އާއި އެމެރިކާގެ ޓޮމީ ޕޯލް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގްރޭންޑް ސްލޭމް 3 މުބާރާތް ކުރިން ކާމިޔާބު ކޮށްފައިވާ މޫރޭ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ފްރާންސްގެ އުމުރުން އެންމެ 21 އަހަރުގެ ހަރޯލްޑް މަޔޮޓް، 5-7 އަދި 1-6 އިން ބަލި ކުރުމަށްފަހުއެވެ. މިއާއެކު އަންނަ މަހު އިއުލާން ކުރާ ދުނިޔޭގެ އެންމެ މޮޅު 50 ކުޅުންތެރިންގެ ތެރޭގައި މޫރޭ ހިމެނޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

މެޗަށްފަހު މޫރޭ ބުނީ މޮޅުވެވުނީ ވަރަށް އުނދަގަލުން ކަމަށާއި ފައިނަލް މެޗްވެސް ފަސޭހަ ނުވާނެ ކަމަށެވެ. ފައިނަލުގައި ވާދަ ކުރަންޖެހޭ ޓޮމީ މިހާރު ގުނަމުން އެދަނީ އޭނާގެ ކެރިޔަރުގެ އެންމެ މޮޅު ދުވަސްވަރު ކަމަށްވެސް މޫރޭ ބުންޏެވެ.

"މިމުބާރާތުގައި ޓޮމީ ވަރަށް މޮޅަށް ކުޅެފި. މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކެމުން އަންނަ ކަމުގެ އިހްސާސް އަހަންނަށްވެސް ކުރެވޭ. އުއްމީދު ކުރަނީ މާދަމާ ފައިނަލުގައިވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް" މޫރޭ ބުންޏެވެ.

އެމެރިކާގެ ޓޮމީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން 4-6 އަދި 2-6 އިން ބަލިކޮށްފައެވެ.