ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ޞާދިޤު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީއާ ބައްދަލުކުރައްވައިފި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެެއްޖެއެވެ.

މިބައްދަލުވުން އޮތީމިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގައެވެ.

އެ މިނިސްޓްރީއިން އިތުރަށް ވިދާޅުވީ އެ ބައްދަލުވުމުގައި ސްރީލަންކާގެ މުސްލިމުންނަށް ދީނީގޮތުން ބޭނުންވާ އެހީތެރިކަމާއި އިސްލާމްދީނަށް މީހުން އަހުލުވެރިކުރުމާ ގުޅޭގޮތުން ކުރެވިދާނެ ކަންކަންކަމާމެދު މަޝްވަރާކުރެވުނުކަމަށެެވެ.