ގދ. ފަރެސްމާތޮޑާގައި ''ހޯމް ގާޑެނިންގް'' ތަމްރީނު ކޯހެއް ފަށައިފިއެވެ.

މި ކޯހަކީ ގޯތިތެރޭގައި ގަސް އިންދާ ހެއްދުމާއި ބެހޭގޮތުން ބާއްވާ ކޯހެކެވެ. މި ކޯހަކީ މިމަހު 8ން 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ ކޯހެކެވެ.

ފޮޓޯ: މަރިޔަމްޝަޒްލާ/ހަލިނިއުސް

އަދިމި ކޯހިގައި ކިޔަވައިދީފައިވަނީ މިނިސްޓްރީ އޮފް ފިޝަރީސް އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްގެ އެގްރޮނޮމިސްޓްއެކެވެ.

ފޮޓޯ: މަރިޔަމްޝަޒްލާ/ހަލިނިއުސް

ހިލޭ ކިޔަވާއިދޭ މި ތަމްރީނުގައި ކޯހުގައި ޖުމްލަ 20 މީހުން ބައިވެރިވިއެވެ. މި ކޯރސް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެެވެ.

މިއީ ފަރެސްމާތޮޑާގައި މިފަދަ ކޯހެއް ބޭއްވި ފުރަތަމަ ފަހަރެވެ.